21 Nov 2011, 11:24
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 12:00 ގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގެނދުނު 9:00 ގައި ފެށި ނަމަވެސް ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަލުން އެކުލަވާލާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާއިން ނުނިކުންނެވުމުން 9:30 ގައި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖައްސައި 9:16 ޖަލްސާ މެދު ކަނޑާލި އެވެ.
ނަމަވެސް ޖަލްސާ ކުރާ މާލަމުން ރިޔާޒު ނުނިކުންނެވުމުން ސިފައިން ވައްދައިގެން ރިޔާޒު ނެރުމަށްޓަކައި ދެވަނަ ފަހަރަށް ޖަލްސާ ފަށާގަޑި 11:00 އަށް ލަސްކުރި އެވެ. ނަމަވެސް ތިންވަނަ ފަހަރަށް ޖަލްސާ ފަށާގަޑި 12:00 އަށް ފަސްކޮށްފައި މިވަނީ މަޖިލީހުގެ އިދާރާގެ ކަރަންޓް މައްސަލަތަކެއް ދިމާވެގެންނެވެ.