05 Nov 2019, 12:19
އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމީ، އަންނަ ހޮނިހިރު ދުވަހަކީ ރަސޫލާގެ އީދު މީލާދަށް ވެފައި، އަދި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހަށް ވާތީ، އެ ދެމެދުގައި މަސައްކަތް ކުރާ ދުވަހަކަށް އާދިއްތަ ދުވަސް ވާތީ، އާންމުންނަށް ދަތި ވާނެތީ އެކަމަށް ފަސޭހަކުރުމުގެ ގޮތުން އެވެ.
އެ ބަދަލާއެކު ތިން ދުވަހުގެ ބަންދެއް ޖެހިޖެހިގެން ލިބިގެެންދާނެ އެވެ. އެހެން ކަމުން މި ނޮވެމްބަރު މަހުގެ 9،10،11 މިހާރު ބަންދުވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު "ސަން" އަށް ވިދާޅުވީ އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާގުޅޭ ގޮތުން ނިންމި ނިންމުން ރައީސް އޮފީހުން މިއަދު އިއުލާންކުރައްވާނެ ކަމަށެވެ.