އެންމެ ބޮޑު ސޯޝަލް މީޑިއާ ކަމަށްވާ ފޭސްބުކްގެ އާ ލޯގޯ އެކުންފުނިން އާންމުކޮށްފި އެވެ.

ފޭސްބުކް އިން އިއްޔެ އެކުންފުނީގެ އާ ލޯގޯ ދައްކާލާފައިވަނީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ދެފުށް ފެންނާނޭގޮތަށް ދައްކާނޭ ކަމުގެ ވައުދާއެކުގައެވެ.

އެކުންފުނިން އަލަށް އާންމުކުރި ލޯގޯ އަކީ "ފޭސްބުކް" އެއްކޮށް ކެޕިޓަލް އަކުރުތަކުން ބޭނުންކޮށްފައިވާ ލޯގޯއެކެވެ.

ފޭސްބުކްގެ ބެލުމުގެ ދަށުގައިވާ އިންސްޓަގްރާމް ފަދައިން ފޭސްބުކްގެ އާ ލޯގޯވެސް އެކި ކުލަ ތަކަށް ބަދަލުވާނެއެވެ. އެއީ ނުލާއި ފެއްސާއި ދަނބާއި ރަތް އަދި އޮރެންޖު ކުލަތަކަށެވެ. އެ ކުލަތަކަކީ ފޭސްބުކް އިން ހިންގާ އިތުރު ޕްލެޓްފޯމުތައް ރަމްޒުކޮށްދޭ ކުލަތައް ކަމަށް ފޭސްބުކް އިން ބުނެއެވެ.

އެގޮތުން ނޫކުލައިން ފޭސްބުކް ރަމްޒުކޮށްދޭއިރު ފެހި ކުލައިން ރަމްޒުކޮށްދޭނީ ވަޓްސްއެޕް އެވެ. އަދި ބާކީ ކުލަތަކަކީ އިންސްޓަގްރާމް ރަމްޒުކޮށްދޭ ކުލަތައް ކަމަށް ފޭސްބުކް އިން ބުނެއެވެ.

ފޭސްބުކް އިން އަލަށް ތައާރަފުކުރި ލޯގޯއާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަމަށް ވަނީ ފާޑުކިޔަން ފަށާފައެވެ. އަދި ފޭސްބުކްގެ ކުރީގެ ލޯގޯއާ އަޅާ ކިޔައި ތަފާތު މީމްތައް ވެސް ހަދަން ފަށާފައެވެ.