05 Nov 2019, 09:16
އެވިޑް ކޮލެޖްގެ ޗެއާމަންގެ ޑައިމަންޑް އެވޯޑް ހ. ހުދު ފިނިފެންމާގެ ފާތުމަތު އުފާ ޝާކިރުއަށް ލިބިއްޖެ އެވެ.
ދަރުބޭރުގޭގައި ރޭ ބޭއްވި ބޭއްވި އެވިޑް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ އެވޯޑް އުފާއާ ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދެވެ.
ޗެއާމަން ޑައިމަަންޑް އެވޯޑްއަކީ އެވިޑް ކޮލެޖުން ހިންގާ އިތުރު ހަރަކާތްތަކާއި ކޯހުން އެންމެ ރަނގަޅު ނަތީޖާ ހޯދުމުން ދޭ އެވޯޑެވެެ. މިއީ އެ އެވޯޑް ޖެޖެހިގެން އުފާއަށް ލިބުނު ދެވަނަ ފަހަރެވެ.
އުފާ ވަނީ އެސޯސިއޭޓް ޑިގްރީއިން އާލީ ޗައިލްޑް ހުޑް އެޑިއުކޭޝަން ކޯސް މިދިޔަ އޮގަސްޓްމަހު އެވިޑް ކޮލެޖުން ފުރިހަމަކޮށްފަ އެވެ.
އޭނާ ވަނީ ކޯހުގެ ހުރިހާ މާއްދާއަކުންވެސް ހަޔާ ޑިސްޓިކްޝަން ހޯދައިފައެވެ.
އެވިޑްކޮލެޖު ސްޓޫޑަންޓް ކައުންސިލްގެ އެކްޓިިވިޓީ ކޯޑިނޭޓަރެއްގެ ގޮތުގައިވެސް އުފާ ވަނީ ހަރަކާތްތެރިވެފައެވެ.
ޑައިމަންޑް އެވޯޑްގެ އިތުރުން އުފާއަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ރޭ ވަނީ އަރުވައިފައެވެ.
އުފާ މިހާރު މަސައްކަތް ކުރައްވަމުންދަނީ ޓިއުޝަން ސެންޓަރެއް ކަމަށްވާ ދަ ލާނިން ސްޓޭޝަންގައެވެ. އެ ސެންޓަރުގައި އޭނާދަނީ ކުޑަކުދިންނަށް ކިޔަވައިދެމުންނެވެ.