އަންނަ މަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝްގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުގެ ސްކޮޑާއި މުބާރާތަށް ނުކުންނަ ސްކޮޑު އިޢުލާން ކޮށްފި އެވެ.

މެލޭޝިއާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ނެގި ސްކޮޑުގައި ހިމެނެނީ 18 ކުޅުންތެރިންނެވެ.

މެލޭޝިއާގައި ބަންގްލަދޭޝްގެ ޓީމު މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެގެރި ސެމްބިލާން އާއި ދެކޮޅަށެވެ.

މިމެޗުގައި ކުޅޭ ސްކޮޑާ އެކު ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އިން ނުކުންނަ ކުޅުންތެރިންގެ ސްކޮޑު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑުގައި 24 ކުޅުންތެރިން ހިމެނުނު ނަމަވެސް ފަހުން 22 ކުޅުންތެރިންނަށް މަދުކުރާނެ ކަމުގެ މަޢުލޫމާތު ލިބެއެވެ.

އެކުވެރިކަމުގެ މެޗަށް ނެގި ބަންގްލަދޭޝްގެ ސްކޮޑާއި ސާފް ޗެމްޕިއަންޝިޕަށް ނެގި ކުޅުންތެރިންގެ ސްކޮޑު ތިރީގައި އެވަނީ އެވެ.

އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑް:

ގޯލްކީޕަރުން: މާމުން ހާން، ބިޕްލޮޕް ބަޓީޗާޖީ، އެމް.ޑީ ޝާހިދުލް އަލާމް

ޑިފެންޑަރުން: ނަސީރުލް އިސްލާމް ނާސިރް، އެމް.ޑީ ސޫޖަން، މާމުން މިއާ، އާރިފުލް އިސްލާމް، ރެޒައުލް ކަރީމް

މިޑްފީލްޑަރުން: ޕްރަނޮޓޯޝް ކުމާރް ދާސް، މެޒްބޯލް ހައްގް މަނިކް، އެމޮން މަހްމޫދް، ޝަހެދުރް އަލަމް ޝާހިދް، ޝާކިލް އަހްމަދު، އަލަމްގިރް ކަބީރް ރަނާ

ފޯވާޑުން: ތޯހިދުލް އަލަމް ތޯހިދް، އެމް.ޑީ ޝާހް އަލަމްގިރް އަނިކް، ޒާހިދް ހަސަން އެމިލީ، އެމް.ޑީ އަބްދުލް މާލިކް
ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑް

ގޯލްކީޕަރުން: މާމުން ހާން، ބިޕްލޮޕް ބަޓީޗާޖީ، އެމް.ޑީ ޝާހިދުލް އަލާމް

ޑިފެންޑަރުން: ނަސީރުލް އިސްލާމް ނާސިރް، ތާޕޫ ބަރްމާން، އެމް.ޑީ ސޫޖަން، މާމުން މިއާ، އާރިފުލް އިސްލާމް، ރެޒައުލް ކަރީމް

މިޑްފީލްޑަރުން: ޕްރަނޮޓޯޝް ކުމާރް ދާސް، އަބްދުލް ބާޓެން މަޒުމްދަރް ކޮމޮލް، މެޒްބޯލް ހައްގް މަނިކް، އެމޮން މަހްމޫދް، ޝަހެދުރް އަލަމް ޝާހިދް، މާމޫނުލް އިސްލާމް މާމޫން، ޝާކިލް އަހްމަދު، އަތީގުރް ރަހްމާން މިޝޫ، އަލަމްގިރް ކަބީރް ރަނާ

ފޯވާޑުން: ތޯހިދުލް އަލަމް ތޯހިދް، އެމް.ޑީ ޝާހް އަލަމްގިރް އަނިކް، ޒާހިދް ހަސަން އެމިލީ، އެމް.ޑީ އަބްދުލް މާލިކް، ވާހިދު އަހްމަދު، މިތުން ޗޯދުރީ