20 Nov 2011, 16:38
ނަޕޯލީގެ ސްލޮވާކިއާ ފޯވާޑް މަރެކް ހަމްސިކް އެކުލަބުގައި ހުރީ އުފަލުގައި ކަމަށާއި ރަނގަޅު އެތައް ހުށަހެޅުމެއް ލިބެމުންދާނެ ކަމަށް އޭނާ ބުނެފި އެވެ.
ޔޫރަޕްތަކުގެ ބޮޑެތި ކުލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި އޭސީ މިލާން އިން ވެސް ދަނީ ހަމްސިކް ހޯދުމަށް މަސައްކަތް ކުރަމުން ނެވެ. އެހެން ނަމަވެސް ނަޕޯލީގައި ހުންނަން ބޭނުންވާ ކަމަށް ހަމްސިކް ބުނުމުން އެކުލަބުތަކަށް މިވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހެއެވެ.
"އަހަރެންނާއި ސަޕޯޓަރުންނާއި ދެމެދު ވަރުގަދަ ގުޅުމެއް ވަނީ އުފެދިފަ. އަހަރެން ނަޕީލީ އަށް ފަސް ސީޒަން ކުޅެފިން. މިހާރު މިތަން ހީވަނީ އަހަރެންގެ ދެވަނަ ރަށް ހެން. ނަޕޯލީގައި ހުރުމަށް މި ނިންމީ އެއީ އަހަރެންނަށް ރަނގަޅު ހުށަހެޅުންތަކެއް ލިބޭނެ ކަމަށް އަހަރެން ދެކޭތީ." ހަމްސިކް ބުންޏެވެ.