އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ސްރީލަންކާ އިން ތަޖުރިބާކާރު 20 ކުޅުންތެރިންގެ ސްކޮޑެއް އިޢުލާން ކޮށްފި އެވެ. ސްރީ ލަންކާ ޓިމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ޑިފެންޑަރު ރޮހާނާ ރުވެންތިލެކެ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިމަހު 12 އިން 22 އަށް ސްރީ ލަންކާ ގައުމީ ޓީމު ދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ފަރިތަކުރުންތައް ބާއްވާ އެކުވެރިކަމުގެ މެޗުތައް ކުޅެމުން ނެވެ. ތަޖުރިބާކާރު ކެޕްޓަން ރުވެންތިލަކެ ގެ އިތުރުން ވެސް ލަންކާ ޓީމުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޗަތުރަ ގުނަރަތްނެ އާއި، މުހައްމަދު އިއްޒައްދީން އާއި، ބަންޑާރަ ވަރަކަގޮޑަ އާއި، މުހައްމަދު ބަރްނުއްދީނުގެ އިތުރުން ނަދީކާ ޕުޝްޕަކުމާރާ ވެސް ލަންކާ ސްކޮޑުގައި ހިމެނިފައި ވެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތްފަށާއިރު، މުބާރާތުގައި ލަންކާ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެއް ފަޅިއެއްގައެވެ. ގްރޫޕްއޭ ގައި ހިމެނޭ އަނެއް ދެ ޓިމުތަކަކީ އަފްޣާނިސްތާން އަދި ބޫޓާންއެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހިރާއްޖެ އާއި ނޭޕާލް އާއިބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

ލަންކާގެ ހެޑް ކޯޗް ޖަންގް ޖުންގް ނަގާފައިވާ ސްކޮޑު ތިރީގައި އެވަނީ އެވެ.

ގޯލް ކީޕަރުން:
މަންޖޫލަ ފެނާންޑޯ
އަސަންކާ ވިރާޖް
ސޫޖަން ޕެރޭރާ

ޑިފެންޑަރުން:
ރޮހާނާ ރުވެންތިލެކެ
ބަންޑާރަ ވަރަކަގޮޑާ
ސުރަންދާ ބަންޑާރަ
މުހައްމަދު ބްރަނުއްދީން
ކޭ.ސީ.ކޭ ކުލަސެކަރަ
ދަނުޝްކާ ވިޖޭސިރި
ޗަމީރާ ކްރިޝަންތާ

މިޑްފީލްޑަރުން:
ނަދީކާ ޕުޝްޕަކުމާރަ
ތެޖަން ފެނާންޑޯ
ޗަތުރަ ގުނަރަތްނެ
އެސް.އެމް.އެމް ނަޒަރް
ރުއަން ރިޒްނީ
މުހައްމަދު އިއްޒައްދީން

ފޯވާޑުން:
އެސް. ސަންޖީވާ
ނަގޫރް މީރާ
މުހައްމަދު ޒައިން
ނިޕޫނާ ބަންޑާރަ