02 Nov 2019, 09:57
ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޖަވާނީ ޖާނެމަން" ރިލީޒްކުރާ ދުވަސް ފަސްކޮށްފި އެވެ.
ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމު އަންނަ އަހަރަށް ފަސްކޮށްފައިވާ އިރު އެ ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
ފިލްމުގެ ޝޫޓިން ވަނީ އިނގިރޭސިވިލާތުގައި ނިންމާލައިފަ އެވެ. އެ ފިލްމުން ސައިފް ފެނިގެންދާއިރު ޕޫޖާގެ ދަރިފުޅު ފިލްމުން ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.
އެ ފިލްމަކީ އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.