ޑައިރެކްޓަރު ސުޖިތު ސިރްކާގެ ކުރިއަށް އޮތް ފިލްމު "ގުލާބީ ސިތާބޯ" ރިލީޒްކުރާ ދުވަސް އަވަސްކޮށްފި އެވެ.

އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ އަހަރަށެވެ. ނަމަވެސް ފިލްމު އަވަސްކޮށް މިހާރު ފިލްމު އަޅުވާނީ އަންނަ އަހަރު ފެބްރުއަރީ 28 ގަ އެވެ.

އެ ފިލްމަކީ ޝޫޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެއީ ވަރުން ދަވަންގެ އޮކްޓޯބަރު އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.

ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީ ސްކްރީން ޕްލޭ ލިޔެ ތައްޔާރުކުރާ އެ ފިލްމުގެ މުހިއްމު ތަރިންނަކީ ލެޖެންޑް އަމީތާބް ބައްޗަން އަދި އާޔޫޝް ކުރާނާ އެވެ.

ފިލްމުގެ ޝޫޓިން މިހާރު ނިމުނު އިރު ފިލްމުގެ ޝޫޓިން ފެއްޓީ ލަކްނޫގަ އެވެ. އެ ފިލްމަކީ ފެމިލީ ކޮމެޑީއެވެ.

މި ފިލްމުވެގެންދާނީ އަމީތާބް އާއި އާޔޫޝް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.