20 Nov 2011, 14:49
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 51 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް މިރޭ ފެށުމަށް ހަމަޖެހިއްޖެ އެވެ.
މިއަދުން ފެށިގެން މިމަހުގެ 25 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 78 ކުޅުންތެރިންނާއި ހަ ޓީމް ވަނީ ބައިވެރިވެފަ އެވެ.
ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ޖަހާއިރު އެވެ.
މިފަހަރުގެ މުބާރާތުގެ ޓީމް އިވެންޓުގެ ބައިގައި ބޭރުގެ ބައެއް ކުޅުންތެރިން ވެސް ވާދަކުރެ އެވެ.