01 Nov 2019, 10:28
މަޝްހޫރު ތެލެގޫ އެކްޓްރަސް ގިތާންޖަލީ ރާމަކްރިޝްނާ، 72، މަރުވެއްޖެ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ މިދިޔަ އަންގާރަ ދުވަހު ހާޓްއެޓެކެއް ޖެހިގެންނެވެ. ހާޓްއެޓޭކް ޖެހުމާ އެކު ހައިދްރަބާދުގެ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވި އިރު އޭނާގެ ދެ ދަރިން އެބަ ތިއްބެވެ.
ގިތާންޖަލީގެ ފިރިމީހާ، އެކްޓަރު ރަމާކްރިޝްނާ ވަނީ 2001 ވަނަ އަހަރު މަރުވެފަ އެވެ.
ގިތާންޖަލީ މަރުވުމާ ގުޅިގެން މުޅި އިންޑަސްޓްރީ ވެސް ހިތާމަފާޅުކުރަމުން އަންނައިރު އޭނާގެ ފޭނުން އަންނަނީ އޭނާއަށް ތައުޒިޔާ ކިޔަމުންނެވެ.