ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތައް ރާއްޖޭގައި ވިއްކާ ޕޮއިޒްއިން ލަންޑަންގެ ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ޕޮއިޒްއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރިގްސް ބްރޭންޑުގެ 14 ވައްތަރެއްގެ ބޮޑީސްޕްރޭ ވަނީ ތައާރަފުކޮށްފައެވެ. އެއީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ އުފެއްދުމެއް ކަމަށް ޕޮއިޒްއިން ބުނެއެވެ.

ރިގްސް ބޮޑީސްޕްރޭއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕޮއިޒްގެ މެނޭޖިންގް ޑިރެކްޓަރ އިލްޔާސް މުހައްމަދު ވިދާޅުވީ، ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭއަކީ ލަންޑަންގެ އިތުރުން ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ވިކޭ އުފެއްދުމެއް ކަމަށެވެ.

"އަޅުގަނޑުމެން މިރޭ މި ތައާރަފްކުރީ ރިގްސް ބްރޭންޑުގެ 250 އެމްއެލްގެ ބޮޑީސްޕްރޭ ފުޅި. އެއީ ގޭސްގެ 7 ވައްތަރަކާއި %0 ގޭސްގެ 7 ވައްތަރު،" އިލްޔާސް ވިދާޅުވިއެވެ.

ޕޮއިޒްއިން ލަންޑަން ރިގްސް ބްރޭންޑް ބޮޑީސްޕްރޭ ތާރަފް ކުރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރިގްސް ބްރޭންޑުގެ ބޮޑީސްޕްރޭ ފުޅިއެއް ޕޮއިޒްއިން ވިއްކަނީ 40 ރުފިޔާއަށެވެ.

ޕޮއިޒްއަކީ ސެންޓާއި ކޮސްމެޓިކްސްގެ ގިނަ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ ކުންފުންޏެކެވެ.

އޭގެ ތެރޭގައި ހޮޓް އައިސް، ހޮޓް އައިސް ސްޕޯޓްސް، ފޮގް އަދި ކޮންފެޓީ ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑުތައް ހިމެނެއެވެ.