އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ފުވައްމުލަކު ބައި އިލެކްޝަނުގައި އެމްޑީޕީއާއި ވާދަކުރެވޭވަރުގެ އިދިކޮޅު ޕާޓީއެއް ނެތްކަން އެއީ 2013 ގެ އަމާޒަށް އެމްޑީޕީ ކުރާ ދަތުރުގައި ސިޔާސީ ގޮތުން ހާސިލްވި ކުރިއެރުންތަކެއް ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައި އިލެކްޝަންގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ މެދު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުނުވި ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓް ހޯދި ކާމިޔާބީއަކީ ވޭތުވެދިޔަ ހުރިހާ އިންތިޚާބުތަކާއި އަޅާބަލާއިރު، ނިސްބަތުން އެމްޑީޕީއަށް ރަނގަޅު ނަތީޖާ އެއް ހާސިލުވި އިންތިހާބަކަށްވި ކަމަވެ.

ފުވައްމުލަކު ބައި އިލެކްޝަންގައި ވާދަކުރި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރްޕީ، ބޮޑު ތަފާތަކުން ބަލިވުމަކީ އެ އިންތާހާބުގައި އެމްޑީޕީއަށް ނަތީޖާ ނެރިވިފައިވުން ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އިއްޔެ ބޭއްވި ފުވައް މުލަކު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓަށް 750 ވޯޓް ލިބުނުއިރު ޑީއާރްޕީގެ ކެންޑިޑޭޓަށް ލިބުނީ 19 ވޯޓެވެ. ފުވައްމުލަކު ބައި އިލެކްޝަން ކާމިޔާބު ކުރެއްވެވީ އަމިއްލަ ގޮތުން ވާދަ ކުރެއްވެވި ކެންޑިޑޭޓެކެވެ. އޭނާ 861 ވޯޓު ހޯއްދެވި އެވެ. އެއީ އަލަށް އުފެދުނު ސިޔާސީ ޕާޓީ، ޕީޕީއެމްގެ މެންބަރެކެވެ.

އެމްޑީން ނެރުނު ބަޔާނުގައި ބުނަނީ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި އެ ޕާޓީއަށް ގެއްލުނު ނަމަވެސް އއ. ހިމަންދޫ ރަށު ކައުންސިލްގެ ގޮނޑިއާއި، ފ. އަތޮޅު ކައުންސިލްގެ ބިލެތްދޫ ދާއިރާގެ ގޮނޑި އެމްޑީޕީ ކާމިޔާބު ކުރުން އުފަލާއެކު ފާހަގަ ކުރާކަމަށެވެ.