30 Oct 2019, 21:31
ބޭންކް އޮފް މޯލްޑިވްސްގެ އޮފީހެއް އެޅުމަށް ހުޅުމާލެއިން ބިން ދީފިއެވެ.
ބިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޓިމް ސޯޔާ އެވެ.
އެޗްޑީސީއިން ބުނީ ހުޅުމާލެއިން ބީއެމްއެލްއަށް ހަމަޖައްސައިދިން ބިމަކީ އެ ބޭންކުން ހުޅުމާލޭގައި ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވިއްކި ބިމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޮފީސް ފަސް އަހަރު ތެރޭ އިމާރާތްކުރާނެއެވެ.
ބީއެމްއެލްއަށް ދިން ބިމަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ދެކުނުން އަމީން އެވެނިއާ އިންވެގެން އޮންނަ ބިމެވެ. އެ ބިމަކީ ކިހާ ބޮޑު ބިމެއްކަމެއް އެޗްޑީސީއަކުން ނުބުނެއެވެ.