ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ.

ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށްގެންދާ "ރީތި ސާފު ނަރުދޫ" ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ މެންވަރު އަލީ ރިޒާ އަދި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.