ސ. ހުޅުމީދޫ މިފްކޯ ހާބަރު ތަރައްގީކުރުމުގެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ އަގަކީ 68.8 މިލިއަން ރުފިޔާ އެވެ.

ތިންސަތޭކަ ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގް އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމީދޫ ބަނދަރުގެ 97 މިޓަރު ސަރަހައްދުގައި ޝީޓްޕައިލްކޮށް ކީވޯލް އަޅައި ނެރާއި ބަނދަރު ފުން ކުރާނެއެވެ.