އުމުރުން 71 އަހަރުގައި އެމެރިކާގެ މަޝްހޫރު ގިޓަރިސްޓް ޕޯލް މަރުވެއްޖެ އެވެ.

އޭނާ މަރުވީ ލިވާ އަށް ފަރުވާ ދެމުންދަނިކޮށް ލޮސް އޭންޖަލަސް ގައެވެ. ރޮކް ގްރޫޕް ލިޓިލް ފީޓްގެ މެންބަރު ޕޯލް މަރުވިކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގަ އެވެ.

ޕޯލް މަރުވީ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށް ބޭރުގެ މިޑީއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ އަކީ އެ ބޭންޑްގެ ލީޑް ގިޓަރިސްޓްވެސް މެއެވެ. އަދި ލަވަކިޔުންތެރިއެއްވެސް މެއެވެ. ޕޯލް އަކީ ލިޓިލް ފީޓްގެ މެއިން ލަވަ ލިޔާ މީހާ އެވެ.

އޭނާ ލިޔުނު ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި ސްކިން އިޓް ބެކް، ޓައިމް ލަވްސް އަ ހީރޯ އަދި އޯލްޑް ފޯކްސް ބޫގީ ހިމެނެ އެވެ.

ޕޯލް ލިޓިލް ފީޓް އާ ގުޅުނީ އެ ބޭންޑު ވުޖޫދަށް އައިތާ ތިން އަހަރު ފަހުންނެވެ. އެ ބޭންޑް ވުޖޫދަށް އައީ 1969 ވަނަ އަހަރުގަ އެވެ.