ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 13" މިހާރު ފަށައިގެން ކުރިއަށްދާއިރު ޝޯއިން ކެޓި ބައިވެރިންގެ ތެރެއިން ތިން ބައިވެރިއަކު ވައިލްޑް ކާޑް މެދުވެރިކޮށް ޝޯއަށް އެނބުރި ގެނެސްފި އެވެ.

އެ ތިން ބައިވެރިންނަކީ ޔޫޓިއުބުން ބޮޑު މަޝްހޫރުކަމެއް ހޯދި ޒުވާން ޕޮލިޓިކަލް އެނަލިސްޓް ތެހްސީން ޕޫނަވާލާ އެވެ. އަދި ބޯޖްޕޫރީ އަދި ޚޭސަރީ ލާލް ޔާދަވް އެވެ.

މި ތިން ބައިވެރިން އެނބުރި ޝޯއަށް ދިޔަކަމެއް ދެންތިބި ބައިވެރިންނަކަށް ނޭނގެ އެވެ. އެ ތިން ބައިވެރިން ޝޯގެ ރަސްމީ ސެޓަށް ގެންދާނީ ދިވާލީ ފެސްޓިވަލް ނިމުމުންނެވެ.

ޝޯގެ ހޯސްޓް ސަލްމާން ބުނީ މިފަހަރުގެ ސީޒަނަކީ މުޅިން ތަފާތު ސީޒަނެއް ކަމަށާއި މި ފަހަރުގެ ސީޒަނުގައި ކަންތައް ބޮޑު ހައްދުފަހަނައަޅައި ގޮސްފައިވާ މީހުން މާ ގިނަ ކަމަށެވެ.

މިއީ ތިން މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޝޯ އެކެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.