ފުލުހަކަށް މަރުގެ އިންޒާރުދީގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުވަައްމުލަކުން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 25 އަހަރާއި އަދި 31 އަހަރުގެ ދިވެހި ފިރިހެނުން ކަަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގްކުރަމުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިއީ މަރުގެ އިންޒާރު ދީގެން ފުވައްމުލަކުން މި ހަފްތާތެރޭ ހައްޔަރުކުރި ހަތަރުވަނަ މީހާއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުންތަކެއް ހިމެނޭ މައްސަލަ ފެންމަތިވި އިރު، އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރު ދީގެން މިދިޔަ ހޮނިހިރު ދުވަހުވެސް ފުވައްމުލަކުން މީހަކު ހައްޔަރުކުރިއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލައި އަދި ރިޕޯޓް ލިޔުން ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި ފަހަކަަށް އައިސް ދަނީ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް މާލެއާއި އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތަކެއް ވަނީ ބާއްވައިފައެވެ.

އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު އެ ރިޕޯޓް އިލްމުވެރިންގެ ކޮމެޓީއަކުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.