އއ. ބަތަލާ ކައިރިން ވެލިނެގުމަށް ބޭނުންކުރާ ޑްރެޖާއެއްގެ ދަގަނޑު ހޮޅިއެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހޮޅި އޮޔާދަނީ ބަތޮލާގެ އިރުން ތިން ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށާއި، ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގައްލާދޫ ކިޔާ ފަޅުރަށެއްގެ ފަރުމައްޗަށް އިއްޔެ ވަނީ ލައިޓްހައުސްގެ ބައެއް ލައްގައިފަ އެވެ. އޭގެ ބޮޑުމިނުގައި 50 ފޫޓު ހުންނާނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.