ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުން ބުނީ ސައިކަލެއްގައި ދިޔަ ދެ މީހަކު މާލޭ ބޮޑުތަކުރުފާނުމަގު މަނީ އެކްސްޗޭންޖުގެ ބިއްލޫރިގަނޑު ތަޅާލާ ގެއްލުން ދީފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 02:28 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ނަމީ އެކްސްޗޭންޖުގެ ބިއްލޫރިގަނޑު ތަޅަލައިގެން އެއްވެސް އެއްޗެއް ވަގަށް ނެގި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.