29 Oct 2019, 10:29
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓު އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 0700 ފެށިގެން 1100 އާ ހަމައަށެވެ.
އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުނެއެވެ. ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ކަނޑުތައް މަޑު ވާނެ އެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.