28 Oct 2019, 19:23
ކަސްޓަމާ ސާވިސްއަށް ސްޓެލްކޯގެ މުވައްޒަފުން އެހުލުވެރިކުރަން އެ ކުންފުނިން ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.
"ސްޓެލްކޯގެ ހިދުމަތް ރައްޔިތުންނާ ގާތުން" މި ޝިއާރުގެ ދަށުން ސްޓެލްކޯގައި ފެށި ޓްރެއިނިނިން ޕްރޮގްރާމް މިއަދު ހަވީރުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ޓްރެއިނިންގެ ސެޝަންތައް ނަންގަވައިދެއްވަނީ އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އަދި އަނިލް އާދަމްއެވެ.
މިއަދުގެ ހަފްލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ޒަމާނުއްސުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މިއަދު ކަސްޓަމަރުންނަށް އިތުރަށް ގާތުން ހިދުމަތްތައް ޖެހޭ ބައެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ކަސްޓަމާ ސާވިސްއަށް އަހުލުވެރިކުރުވުމަށް ފެށި ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސްޓެލްކޯގެ މުވައްޒަފުން ކަސްޓަމާ ސާވިސްއަށް އަހުލުވެރިކުރުވުމަށް ފެށި ޓްރެއިނިން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެންގެ ހިދުމަތް ދޭއިރު ކަސްޓަމަރުންނަށް ނުވަތަ ހިދުމަތް ހޯދާ ފަރާތްތައް ހިތްހަމަޖެހޭގޮތަށް ހިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއްކަމަށް ހަދަން ޖެހޭ" މުޣުނީ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އެކި އިންޖީނުތަކާ ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ 30 މުވައްޒަފުން އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވެއެވެ.
އެ ޓްރެއިނިން ޕްރޮގްރާމްގެ ދެވަނަ ބެޗެއްވެސް ކުރިއަށް ގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.