ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ބޮލީވުޑްގެ އެކްޓަރު އާޔުޝް ޝަރްމާ އަށް ރާއްޖެ ކަމުގޮސްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އާޔުޝް އައިސްފައި ވަނީ އޭނާގެ އުފަންދުވަހާ ވެސް ގުޅުވައިގެންނެވެ.

އޭނާއާ އެކު އޭނާގެ އަންހެނުން އަރުޕިތާ ހާން އާއި ފިރިހެން ދަރިފުޅު އާހިލް ވެސް ރާއްޖެ އައިސްފައިވެ އެވެ.

އާޔުޝް ބުނީ އެ ދަތުރަކީ އެންމެ ފުރިހަމަ ޗުއްޓީ ކަމަށާއި ވަރަށް ހާއްސަ ހަނދާންތައް ރައްކާކުރެވިފައިވާ ކަމަށެވެ.

އޭނާ ބުނީ މި ޗުއްޓީއަކީ އާއިލާގެ ތިން މެމްބަރުންދާ ފަހު ދަތުރު ކަމަށެވެ.

އަރްޕިތާ މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ. އެއްބައި ފަރާތްތަކުން އިޝާރާތްކުރާ ގޮތުގައި ތިން މީހުންގެ ފަހު ދަތުރު އިޝާރާތް ކުރަނީ އާއިލާއަށް އިތުރު މެމްބަރެއް އަންނަ ކަމަށެވެ.

އާޔުޝް އާއި އަރުޕިތާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ނ. އަތޮޅުގެ ޝެވަލް ބްލަންކް ރަންދެލި ގަ އެވެ.