މީގެ ފަސް ދުވަސް ކުރިން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރި، ޒުވާނާ ފެނިއްޖެ އެވެ.

ހ. ލާމިޔާގޭ އައިމިނަތު ނަޝާ ނާޝިދު(23އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ދަންވަރު 01:30 ހާއިރުކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން އައި އައިމިނަތު ނަޝާ ނާޝިދު އިއްޔެ ވަނީ ފެނިފައި ކަމަށެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.