19 Nov 2011, 16:53
އަންނަ މަހުގެ ދޭކުން 12 އަށް އިންޑިޔާގެ ވެރިރަށް ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ނުވަ ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ރޮނގު ބެލެހެއްޓުމުގެ ފުރުސަތު ރާއްޖޭގެ ފީފާ އެސިސްޓެންޓް ރެފްރީ މުހައްމަދު ފަރީދަށް ލިބިއްޖެ އެވެ.
ސާކްގެ އަށް ޤައުމު ވާދަކުރާ މިފަހަރުގެ މުބާރާތުގައި ރޮނގު ބެލެހެއްޓުމުގެ ފުރުސަތު ފާރީދަށް ލިބުނު އިރު، މުބާރާތުގައި އޭނާ ފެނިގެންދާނީ ގްރޫޕް އޭގައި ހިމަނާ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން ކުޅޭ މެޗްތަކުންނެވެ
މިފަހަރުގެ މުބާރާތް ފެށެން އެންމެ 13 ދުވަހަށް ކުޑަތަން ވެފައި ވާއިރު، ފަރީދަކީ މމުބާރާތުން ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ރެފްރީއެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.