28 Oct 2019, 09:13
ސީޑަބްލިއުގެ މަޝްހޫރު ޓީވީ ޝޯ "ސުޕަނެޗުރަލް"ގެ ލީޑް ރޯލުން ފެނިގެންދާ ޖޭރެޑް ޕެޑެލޭކީ އޯސްޓިން، ޓެކްސަސްގައި ހައްޔަރުކޮށްފި އެވެ.
އިއްޔެގެ ވަގުތެއްގައި ޖޭރެޑް ހައްޔަރުކޮށްފައި ވަނީ މަސްތުގެ ހާލުގައި އާންމުން އެއްވެ އުޅޭ ތަނެއްގައި ހުރުމާއި ދެ މީހަކަށް ހަމަލާދިން މައްސަލައިގަ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ވަނީ ތިން މައްސަލައަކުން ވަކި ވަކީން ޖޫރިމަނާކޮށްފަ އެވެ. އެއީ މަސްތުގެ ހާލުގައި ހުރުމާއި ދެ މީހަކަށް ހަމާލާ ދިނުމެވެ. ދެމީހުންނަށް ހަމަލާ ދިން މައްސަލައަށް ވެސް ޖޫރިމަނާކޮށްފައި ވަނީ ވަކި ވަކީންނެވެ.
ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޖޭރެޑް ވަނީ 15،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެ މަސްތުގެ ހާލަތުގައި ހުރި މައްސަލައަށް 5،000 ޑޮލަރާއި ދެމީހަކަށް ހަމަލާ ދިން މައްސަލައަށް 10،000 ޑޮލަރެވެ.
އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖޭރެޑް އަކީ ސުޕަނެޗުރަލްގެ ސޭމް ވިންޗެސްޓާގެ ރޯލުން ފެނިގެންދާ އެކްޓަރެވެ. އެ ޝޯއަކީ މިހާތަނަށް ސީޑަބްލިއުއިން އެންމެ ދިގު މުއްދަތަކަށް ދައްކަމުން އަންނަ ޝޯ އެވެ. މިހާރު އެ ޝޯގެ 15 ވަނަ ސީޒަން ވަނީ ދައްކަން ފަށައިފަ އެވެ.