މަދޫ މަންޓޭނާ ޕްރޮޑިއުސްކުރާ ފިލްމު "މަހާބާރަތު" އަށް ކާމިޔާބު ބަތަލާ ދީޕިކާ ޕަދްކޯން ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓެއްގައި ބުނީ ދީޕިކާ އެ ފިލްމަށް މިހާރު ސޮއިކޮށްފައިވާކަމަށާއި އެ ފިލްމަކިީ އިންޑިއާގެ ތާރީހުގެ ބޮޑު ބައެއް ކިޔައިދޭ ވަރުގަދަ ފިލްމެއްކަމަށެވެ.

އެ ފިލްމުގައި ދީޕިކާ ކުޅޭނީ ވަރުގަދަ އަންހެން ޝަހުސިއްޔަތު ދުރޯޕަޅީގެ ރޯލެވެ. އެ ފިލްމުގެ އަންހެން ލީޑު ހާމަކުރި ނަމަވެސް އެ ފިލްމުގެ ފިރިހެން ލީޑެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮޑު ކާސްޓަކާ އެއްކޮށް ތައްޔާރުކުރާ އެ ފިލްމު ރިލީޒްކުރާނީ 2021 ގެ ދިވާލީ އާ ދިމާކޮށެވެ.

ބައި ބަޔަށް ބަހައިގެން ރިލީޒްކުރާ އެ ފިލްމަކީ ވަރަށް ވަރުގަދަ ފިލްމެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ދީޕިކާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ “ޕަދްމާވަތް” އިންނެވެ.