މާލޭގެ ސްކޫލެއްގެ ލެބޯޓްރީއަކުން ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ހަދަން އުޅޭކަމުގެ މައުލޫމާތާއެކު، ބައެއް ތަންތަން ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ 15 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ސްކޫލެއްގެ ލެބޯޓްރީއަކުން ކެމިކަލްތަކެއް ވަގަށް ނަގައިގެން ގޮވާ އެއްޗެއް ތައްޔާރުކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ބައެއް ތަންތަން ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކެމިކަލްތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.