27 Oct 2019, 18:38
ށ. އަތޮޅުގެ ފަޅުރަށެއްގެ ފަރުމައްޗަށް، ލައިޓްހައުސްގެ ބައެއް ލައްގައިފިއެވެ.
ފުލުހުން ށ. ކޮމަންޑޫ ކައިރީގައި އޮންނަ ގައްލާދޫ ކިޔާ ފަޅުރަށެއްގެ ފަރުމައްޗަށް "މާސިންގާ" އެއްޗެއް ލެއްގިކަމުގެ މައުލޫމާތި މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ކަމަށެވެ.
ފުލުހުން ބުނީ މައުލޫމާތު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ބެލި ބެލުމުން، އެރަށުގެ ފަރުމައްޗަށް ލައްގާފައި ވަނީ ލައިޓްހައުސްއެއްގެ ބައެއްކަމަށް ބެލެވޭ ކަމަށެވެ.
ލެއްގި ލައިޓްހައުސްގެ ބައިގެ ބޮޑުމިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުރިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މިހާރު އެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.
އޭތި އޮޔާދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ފާއިތުވި ދެ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. ބައެއް މީހުން ބުނަމުން ދިޔައީ އެއީ މިސައިލެއް ކަމަށެވެ.