ކޮކާ ކޯލާ އިޝްތިހާރުކުރުމަށްޓަކައި ދައްކާ ޕްރޮމޯތަކުގައި ބޭނުންކުރަން ދިވެހި ލަވައެއް ތައްޔާރުކޮށްފި އެވެ.

ކޮކާ ކޯލާގެ އިޝްތިހާރުތަކުގައި މީގެކުރީން ބޭނުންކުރަމުން އައިސްފައިވަނީ އިނގިރޭސި ލަވައެކެވެ.

އެކުންފުނީގެ އާ ކެމްޕެއިނެއް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ އާ ލަވައިގެ ބޭނުމަކީ އިޝްތިހާރުތަކުގައި ދިވެހި ރަހަ ހިމަނާލުން ކަމަށެވެ.

"މި ޕްރޮމޯ ވަރަށް ރީތި. ދިވެހީންގެ ރަހަތަށް ހިމަނާލާަފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ސިންހަ ވިދާޅުވީ އެ ލަވަ ތައްޔާރުކޮށްފައިވާ ފަރާތްތައް ވަރަށް ހުނަރުވެރި ކަމަށެވެ.

ކޮކާ ކޯލާގެ ސީނިއާ ޓީމަކަށް އެ ލަވަ ދައްކާފައިވާ ކަމަށާއި އެ ފަރާތްތަކަށްވެސް އެ ލަވަ ވަނީ ކަމުގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައްމު އެ ލަވަ ކިޔާފައިވާއިރު ލަވައިގެ މިކްސިން އާއި ރެކޯޑިން ހަދާފައިވަނީ ބާޗީ ސައުންޑްސް ޑޮޓް ސްޓޫޑިއޯއިންނެވެ. އެ ލަވަ ތައްޔާރުކުރުމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.