ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ކަމަށްވާ "ކަރު ހަކުރު"ގެ ބެލުންތެރީން ހެއްވާލުމަށްފަހު ސީރީޒްގެ ދެވަނަ ސީޒަން ނިންމާލައިފި އެވެ.

މިއަހަރު ދައްކަން ފެށި ކަރު ހަކުރަކީ އާއިލީ ކޮމެޑީއެކެވެ. އެ ޝޯގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑު ދައްކާފައިވަނީ ރޭގައެވެ.

ކަރު ހަކުރު ސީރީޒްގެ ދެވަނަ ސީޒަން މިދިޔަ އޯގަސްޓު މަހުގައި ފެށިއިރު އެ ސީޒަންގައި 12 އެޕިސޯޑު ދައްކާފައިވެއެވެ. ސީރީޒްގެ އެޕިސޯޑުތައް ދައްކާފައިވަނީ ހަފްތާއަކު އެޕިސޯޑެކެވެ.

އެ ސީރީޒް މިއަހަރު ދައްކަން ފަށާފައިވަނީ މެއި މަހުގައެވެ.

ކަރު ހަކުރުގެ ދެވަނަ ސީޒަން ނިންމާލާފައިވާއިރު އެ ސީރީޒްގެ ތިންވަނަ ސީޒަނެއްގެ ވާހަކަ އަދި ހާމަކޮށްފައެއް ނުވެއެވެ.

އެ ސީރީޒްގެ ލީޑު ކާސްޓުންނަކީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް، އަލީ އާޒިމް (ދޮން އައްޔަ)، ރައުފަތު ސޯދިގު، އައިޝަތު އަލީ އަދި ހުސެން ނާޒިމް އެވެ.

އެ ޝޯ އަކީ ރާއްޖޭގެ ސްޓްރީީމިން ސާވިސް ބައިސްކޯފުގެ ހާއްސަ ސީރީޒް އެކެވެ.