27 Oct 2019, 10:26
މިދިޔަ ހަފްތާ މާލޭގައި 41 އެކްސިޑެންޓު ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާ ހިނގި އެކްސިޑެންޓުތަކާ ގުޅިގެން ފަސް މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓައިފައެވެ. އެކްސިޑެންޓުތަކުގައި 11 މީހަކަށް އަނިޔާވެފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ.
މި ތަފާސްްހިސާބުތަކަށް ބަލާއިރު ފާއިތުވި ހަފްތާ 763 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައިވާއިރު 48 އުޅަނދެއް ވަނީ ޓޯ ކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓްރެފިކް ގަވައިދަށް ނުބަލާ ދުއްވި 20 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.
މި މުއްދަތުގައި ލައިސެންސް ނެތި ދުއްވި 53 މައްސަލައެއް ފާހަގަވެފައިވާއިރު ލައިސަންސް ނުނަގާ ދުއްވި 111 މައްސަލައެއްވެސް ވަނީ ފާހަގަވެފައެވެ.
އުޅަނދު ދުއްވިއިރު ފޯނުގައި އިނދެގެން ނުވަތަ ހެޑް ފޯނު އަޅައިގެން އިނދެ އުޅަނދު ދުއްވި 29 މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވިއިރު ހެލްމެޓު އަޅައިގެން ދުއްވަންޖެހޭ ސަރަހައްދުގައި ހެލްމެޓު ނާޅާ ދުއްވި 11 މައްސަލައެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ.
ގަވައިދާ ހިލާފަށް ޓެކްސީ ކުރި 13 މައްސަލައެއް މި މުއްދަތުގައި ފާހަގަވެފައިވާ ކަމަށާއި އުޅަނދަށް މުދާ ބަރުކުރަން ހުއްދަ އޮންނަ މިންވަރަށްވުރެ ބަރުކޮށް މުދާ އަރުވައިގެން ދުއްވި ހަތް މައްސަލައެއްވެސް ވަނީ ފާހަގަވެފައެވެ.