27 Oct 2019, 08:28
މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ "ކޭޓީނާ"ގެ އަންހެން ލީޑު ކުޅުމަށް ދިޝާ ޕަޓޭލް ހަމަޖައްސައިފި އެވެ.
ފިލްމު "ބާރަތު" އިން އެންމެ ފަހުން ފެނިގެން ދިޔަ ދިޝާ އެފިލްމަށް ސޮއިކޮށް އެ ފިލްމުގެ ޝޫޓިންގެ މަސައްކަތްވެސް ކުރަން ފަށާފައިވާ ކަމަށް ބޮލީވުޑްގެ ކްރިޓީކް ތަރަން އާދަޝްކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ކުޑަ އަވަށަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމު ޑައިރެކްޓްކުރާނީ އާޝިމާ ޗިބާރް އެވެ.
ދިޝާ އެ ފިލްމުގެ އަންހެން ލީޑު ކުޅޭނެކަމަށް އިއުލާންކުރި ނަމަވެސް އެ ފިލްމުގެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ ކޮން ތަރިއެއްކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއްވެސް އިއުލާނެއް ނުކުރެ އެވެ.
ބެލެވޭ ގޮތުގައި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.