ލަވްރާތްރީ އިން ބޮލީވުޑަށް ނުކުތް ސަލްމާން ޚާންގެ ޅިޔަނު އާޔޫޝްމަން ޝަރްމާ 28، ރާއްޖެ އަތުވެއްޖެ އެވެ.

އާޔޫޝްމަން ރާއްޖެ އައިސްފައިވަނީ އޭނާގެ އަނބިމީހާ (ސަލްމާންގެ ކޮއްކޮ) އަތްޕިތާ ހާން އާއި އެދެމަފިރިންގެ ފިރިހެން ދަރިފުޅު އާހިލް އާއެކުގައެވެ.

އާޔޫޝްމަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު އެދެމަފިރިން ރާއްޖެއައިސް ނަގާފައިވާ ފޮޓޯތައް ވެސް އަންނަނީ އިންސްޓާގައި ހިއްސާކުރަމުންނެވެ.

އާޔޫޝްމަންގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގެ ޗެވަލް ބްލޭންކް ރަންދެލި ރިސޯޓުގަ އެވެ.

އަރްޕިތާ މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އޭނާ ބަނޑުބޮޑުވި ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެކަމަށް އެއްވެސް ކޮމެންޓެއް އާޔޫޝްމަން ކޮށްފައެއް ނުވެއެވެ. ނަމަވެސް އިންސްޓާކުރި ފޮޓޯތަކުން އޭނާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ހާމަވެގެންދެ އެވެ.

އަރްޕިތާއަކީ ސަލްމާންގެ މައިންބަފައިން އެޑޮޕްޓް ކުރި ކުއްޖެކެވެ.