އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބައިޕާސް ރޯޑް" ފަސްކޮށްފިއެވެ.

އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ފިލްމު ރިލީޒްކުރުން ފަސްކުރީ އަބީޝެކް ޕަތަކްގެ "އުޖުޅާ ޗަމަން" އަވަސްކުރުމާ ގުޅިގެންނެވެ. އުޖުޅާ ޗަމަން ސްކްރީންތަކަށް މިހާރު އަންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ބައިޕާސް ރޯޑް މިހާރު ރިލީޒްކުރާނީ އަންނަ މަހުގެ އަށަކަށެވެ.

އަދާ ޝަރުމާ، ޝަމާ ސިކަންދަރު، ގުލް ޕަނަގް ފަދަ ތަރިން ފިލްމުން ފެނިގެންދާއިރު އެ ފިލްމަކީ މިސްޓްރީ ތްރިލާއެކެވެ. ނަމަން ނިތިން މުކޭޝް ޑައިރެކްޓްކުރާ އެ ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ.