27 Oct 2019, 08:41
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އިސްނަގައިގެން ބާއްވަމުން އަންނަ ކޫޑޯ މުބާރާތަކުން ދިވެއްސަކަށް ރަން މެޑަލް ލިބިއްޖެ އެވެ.
ކޫޑޯ އަކީ ޖަޕާނުގެ ހައިބްރިޑް މާޝަލް އާޓްސްގެ ނުވަތަ ކަރާޓީގެ ވައްތަރެކެވެ.
އިންޑިއާގެ ގުޖުރާތުގގެ ސުރަތުގައި ބޭއްވި 11 ވަނަ " އަކްޝޭ ކުމާރު އިންޓަނޭޝަނަލް ކޫޑޯ ޓޯނަމަންޓްގައި" ރަން މެޑަލް ހާސިލްކުރެއްްވީ ރާއްޖޭގެ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސާސްގެ ސްޓާފް ސާޖެންޓް އިބްރާހިމް ނަޖާހްއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޭނާއަށް ވަނީ ގޯލްޑްމެޑަލް އަރުވައިފައެވެ.
ނަޖާހް ގޯލްޑް މެޑަލް ހާސިލްކުރެއްވީ ކޫޑޯ މުބާރާތުގެ ޕީވަން 240 ކެޓަގަރީއިންއެވެ.
އެ މުބާރާތުގައި ނަޖާހްގެ އިތުރުން އެހެން އެތުލީޓުންވެސް ރާއްޖެއިން ބައިވެރިވިއެވެ.
ނަޖާހްއަށް ލިބުނު ބޮޑު ކާމިޔާބާ ގުޅިގެން މިހާރުވެސް ގިނަ ފަރާތްތަކަކުން ދަނީ އޭނާއަށްމަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ހިމެނެއެވެ.