26 Oct 2019, 23:11
އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން "ޕިންކް ރިބަން ރަން ވޯކް" ގެ ނަމުގައި ބޮޑު ހަރާކަތެއް މިއަދު ބާއްވައިފިއެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި އެ ހަރަކާތް މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.
އެ ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމުެގ ގޮތުން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ހަރަކާތުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް
ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.