19 Nov 2011, 13:28
އަންނަ މަހުގެ 2 ން 11 އަށް އިންޑިޔާގެ ވެރިރަށް ދިއްލީގެ ނެހްރޫ ސްޓޭޑިއަމްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުރިއަށްދާ ގޮތުގެ ޝެޑިއުލް އިއުލާން ކޮށްފި އެވެ.
މިފަހަރުގެ މުބާރާތުގައި ކޮންމެ ދުވާލަކު ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 2:30 ގަ އެވެ. ދެ ވަނަ މެޗް ކުޅުމަށް ހަޖެހިފައި ވަނީ 5:30 ގަ އެވެ.
ޑިސެމްބަރު 2:
ފުރަތަމް މެޗް: ބަގްލަދޭސް އާއި ޕާކިސްތާން
ދެ ވަނަ މެޗް: ރާއްޖެ އާއި ނޭޕާލް
ޑިސެމްބަރު 3:
ފުރަތަމަ މެޗް: ސްރީލަންކާ އާއި ބޫޓާން
ދެ ވަނަ މެޗް : އިންޑިއާ އާއި އަފްޤާނިސްތާން
ޑިސެމްބަރު 4:
ފުރަތަމަ މެޗް: ބަގްލަދޭސް އާއި ނޭޕާލް
ދެ ވަނަ މެޗް: ރާއްޖެ އާއި ޕާކިސްތާން
ޑިސެމްބަރު 5:
ފުރަތަމަ މެޗް: ސްރީލަންކާ އާއި އަފްޤާނިސްތާން
ދެ ވަނަ މެޗް: އިންޑިއާ އާއި ބޫޓާން
ޑިސެމްބަރު 6:
ފުރަތަމަ މެޗް: ޕާކިސްތާނާއި ނޭޕާލް
ދެ ވަނަ މެޗް: ރާއްޖެ އާއި އަފްޤާނިސްތާން
ޑިސެމްބަރު 7:
ފުރަތަމަ މެޗް : ބޫޓާނާއި އަފްޤާނިސްތާން
ދެ ވަނަ މެޗް : އިންޑިއާ އާއި ސްރީލަންކާ
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. މުބާރާތުގެ ގްރޫޕް އޭ ފަޅީގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ. އަދި ބީ ފަޅީގައި ހިމެނެނީ ރާއްޖެ އާއި ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގެ ދެ މެޗް ކުޅުމަށް ހަމަ ޖެހިފައި ވަނީ އަންނަ މަހުގެ ނު ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީފަޅިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރު ކުރި ޓީމާއި ގްރޫޕް އޭ ގެ ދެ ވަނަ ޓީމެވެ. މިމެޗުން މޮޅުވާޓީމެއް ފައިނަލަށް ދަތުރު ކުރާނެ އެވެ. އަދި ހަމަ އެ ދުވަހު ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ވާނެ އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދު ވަހު ރާއްޖެ ގަޑިން 2:30ގަ އެވެ.