އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) ހޯސްޓް ކުރުމުގެ ފުރުސަތު ކާމިޔާބު ޕްރޮޑިއުސަރު ކަރަން ޖޯހަރަށް ލިބިއްޖެއެެވެ.

އަންނަ މަހުގެ 20 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެސްޓިވަލަކީ މި ފެސްޓިވަލްގެ 50 ވަނަ ފެސްޓިވަލެވެ. ގޯލްޑަން ޖުބްލީ މި އަހަރު ފާހަގަކުރަމުންދާއިރު އަހަރުގެ ފެސްޓިވަލް ހާއްސަވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ފިލްމު ފެސްޓިވަލް ގޯއާގައި ކުރިއަށްގެންދާއިރު އެ ފެސްޓިވަލްގެ ސްޓިއަރިން ކޮމިޓީގައި ވެސް ކަރަން ހިމެނެއެވެ.

ކަރަން ބުނީ ގޯލްޑަން ޖުބްލީ މިއަހަރު ފާހަގަކުރާއިރު މިފަދަ ފެސްޓިވަލެއް ހޯސްޓްކުރަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އޭނާގެ ކެރިއަރަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.