މޯލްޑިވްސް މެރިން އެކްސްޕޯގެ އެންމެ އުފެއްދުންތެރި ޕްރޮޑަކްޓަކަށް އަލް ޝާލީ މެރިން މޯލްޑިވްސްގެ އެކްޝަން 25 ފިޝިންގް ލޯންޗް ހޮވިއްޖެ އެވެ.

މެރިން އެކްސްޕޯ ނިންމައި ވަނަތައް ހޮވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އަލް ޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.

އެކްޝަން 25 އަކީ ގާތްގަނޑަކަށް 10 މީހުންގެ ޖާގައިގެ ލޯންޗެކެވެ. ދިގުމިނުގައި 25 ފޫޓު ހުންނަ އެ ލޯންޗުގައި ފާހަނާއަކާއި އަރާމުކޮށްލުމަށްޓަކައި ކުޑަ އެނދެއް ވެސް ހުންނައިރު، 8 ވަރަކަށް ދޮށި ވެސް ލޯންޗުގައި ޖަހާލެވެ އެވެ.

އަލް ޝާލީ މެރިންގެ އެކްޝަން 25 ފިޝިންގ ލޯންޗް--

މެރިން އެކްސްޕޯ ނިންމާލުމުގެ ގޮތުން ބޭއްވި އެވޯޑް ހަފްލާގައި އިތުރު ހަތަރު އެވޯޑު ވަނީ ދީފައެވެ. އެއީ:

  • ބެސްޓް ސްޓޯލް ޑިޒައިން:އެލިއާ އިންވެސްޓްމަންޓް

  • ބެސްޓް ކަސްޓަމަރ ސަރވިސް އެވޯޑް:ޑީޓެކް
  • އިންޓަނޭޝަނަލް ކޮންޓްރިބިއުޓަރ އެވޯޑް:ޓްރޭޑް ޕްރޮމޯޓަރސް
  • އަޕް އެންޑް ކަމަރ އެވޯޑް:ފޯސައިޓް ސަރވޭޔަރސް

މި މަހުގެ 23-25 އަށް ކުރިއަށްގެންދިޔަ މެރިން އެކްސްޕޯގައި ޖުމްލަ ތިރީސް ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.