25 Oct 2019, 16:10
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްވިއްކާ ލިޓަސް ފިހާރައިން ހިލޭ 3000 ހެލެމެޓް ބަހަން ފަށައިފި އެވެ.
ލިޓަސްގެ ސީނިއާ މާކެޓިން މެނޭޖަރު އާސިފް ރަޝީދު "ސަން" އަށް ވިދާޅުވީ މިއީ މަގުމަތީގެ ރައްކާތެރިކަން އިތުރުކޮށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރާކަތެއް ކަމަށެވެ.
ހެލްމެޓްތައް ބަހަނީ ލިޓަސްގެ ޖެނަވަރީމަގުގައި ހުންނަ ޝޯ ރޫމްއިން އެވެ.
" މިކޮޅަށް ރޭގަނޑު އަށަކުން 10 އަކަށް ވަޑައިގަތީމަ ލިބޭނެ ހެލްމެޓްއެއް. ރޭ އަޅުގަނޑުމެން މިފެށީ ހެލްމެޓްތައް ބަހަން. ރޭވެސް ބައިގަޑިއިރުތެރޭ 200 ހެލްމެޓް ހުސްވެއްޖެ،" އާސިފް ވިދާޅުވި އެވެ.

ލިޓަސްއިން ހެލްމެޓް ބެހުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: ލިޓަސް
ހެލްމެޓްތައް ދޫކުރުން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.
ލިޓަސް އިން ބަހަނީ ބޮޑެތި މީހުންގެ ހެލްމެޓްތަކެކެވެ. އޭގެ އަގު އާންމުކޮށް އުޅެނީ 400-450 ރުފިޔާއާ ދެމެދުއެވެ.
ލިޓަސް މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ހެލްމެޓްތައް ހިލޭ ބަހާފައިވެއެވެ.