އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓްތައް މުގުރާލުމަށް ގޮވާލައި ހުކުރު ދުވަހުގެ ރޭ ބަޔަކު މީހުން މުޒާހަރާކޮށް މުލިއާގެ ކައިރިއަށް އެއްވާން މަސައްކަތް ކުރަނިކޮށް ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ގެ މުޒާހަރާގައި ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރުކުރީ ކިތައް މީހުންކަމެއް އޭނާ ނުބުނެ އެވެ. މުޒާހަރާގައި ހައްޔަރުކުރި މީހަކު ބުނީ ފުލުހުން އެމީހުން ދޫކޮށްލީ ރޭގަ ގާތްގަޑަކަށް 8:30 ހާއިރު ކަމަށެވެ.


އެރޭގެ މުޒާހަރާ ރޫޅައިލިއިރު 10 ވަރަކަށް މީހުން ހައްޔަރު ކުރި އެވެ.

"ޒުވާނުން" ގެ ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށް އެއްވި މީހުން އެ ސަރަހައްދުގައި ޝުއޫރު ފާޅު ކުރުމަށްފަހު މަގުތަކަށް ނުކުމެ ބުދު ބެހެއްޓުމާ ދެކޮޅަށް އަޑު އުފުލިއެވެ. އެމީހުން ގޮވަމުން ދިޔައީ ލާދީނީ ފިކުރަށް ރާއްޖޭގައި ޖާގަދީގެން ނުވާނެ ކަމަށާއި ބުދުތައް ތަޅައިލުމަށެވެ.
ފުލުހުން މުޒަހަރާ ރޫޅާޅީ މަގުތަކަށް ނުކުތް މީހުން މުލިއާގޭ ސަރަހަށްދަށް އެއްވަން މަސައްކަތްކުރުމުނެންވެ.