25 Oct 2019, 08:57
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އާ ފިލްމެއް މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަދުކޯނަށް ލިބިއްޖެ އެވެ.
ދަރުމާ ޕްރޮޑަކްޝަންސް އިން އުފައްދާ އެ ފިލްމަށް ދީޕިކާ ސޮއިކޮށްފައިވާކަން ކަށަވަރުވެފައިވާކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ. ކަރަން އެ ފިލްމު ޕްރޮޑިއުސްކުރާއިރު އެ ފިލްމު ޑައިރެކްޓްކުރާނީ ޝަކުން ބަޓްރާއެވެ.
ލޯބީގެ ގިނަ ވާހަކަތަކެއް ކިޔައިދޭ އެ ފިލްމުގެ ނަން ވެސް އަދި ހާމަކޮށްފައިނުވާއިރު އެ ފިލްމުގެ ފިރިހެން ލީޑެއް ވެސް ހާމަކޮށްފައެއްނުވެ އެވެ. އަދި ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.
އެ ފިލްމުގެ މަސައްކަތްތައް ފަށާނީ އަންނަ އަހަރުކަމަށް ހަބަރުތައް ބުނެ އެވެ.
ދީޕިކާ ވަނީ މީގެ ކުރިންވެސް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ކުޅެފަ އެވެ. 2013 ވަނަ އަހަރު ނުކުތް "ޔޭ ޖަވާނީ ހޭ ދިވާނީ" އަކީ ދީޕިކާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އެކުގައި ކުޅުނު ފިލްމެކެވެ. އެ ފިލްމު އެދެތަރިން ކުޅުނީ ރުޅިވުމަށްފަހު އެވެ.
ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ އޭނާގެ ފިރިމީހާ ރަންވީރު ސިންހް އާއި ބަތަލު ޝާހިދު ކަޕޫރާ އެކު "ޕަދްމާވަތު" އިންނެވެ.