އދއަކީ އަބަދުވެސް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ދަމަހައްޓައި އެކަން ކަށަވަރުކުރާ ޖަމިއްޔާއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޝާހިދު ވިދާޅުވީ އިންސާނިއްޔަތުކަން ދެމެހެއްޓުމަށް ގެންގުޅެން ޖެހޭ ހުރިހާ އުސޫލުތަކަށް ރާއްޖެއިން ބޯލަނބާނެ ކަމަށެވެ.

"ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނައިރު އަޅުގަނޑުމެން އދއާ މެދު ދެކެނީ ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ގާނޫނު ނަގަހައްޓައި އަދި ރަހުމަތްތެރިކަން ކަށަވަރުކޮށްދޭ ޖަމިއްޔާއެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވިއެވެ.

އދ އުފެދުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގައެވެ. އަދި ރާއްޖެ އދގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ގައެވެ.

ރާއްޖެއިން އދއަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރަކީ ތިލްމީޒާ ހުސައިނެވެ.