25 Oct 2019, 09:12
ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ތަމަޅަ ވާޝަން "އަދިތިޔާ ވަރުމާ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
ފިލްމުގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ.
މި ފިލްމަކީ ތެލެގޠ ފިލްމެކެވެ. އެ ފިލްމު ރިލީޒްކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ދާދިފަހުން ބޮލީވުޑުން ވަނީ އަރުޖުން ރެއްޑީގެ ހިންދީ ވާޝަނެއް ހަދާފައެވެ. "ކަބީރު ސިންހް"ގެ ނަމުން އެ ފިލްމަށް ނަންދިންއިރު އެ ފިލްމު ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ކަޑައްތު ކުރަމުން އަންނަ މަންޒަރު ފިލްމުގެ ޓްރެއިލާއިން ދައްކުވައިދެއެވެ.
މަސްތުވާތަކެތީގެ މައި ދޮރަށް ބަތަލު ވަންނަން މަޖުބޫރުކުރިވި ކަންތައްވެސް ފިލްމުގެ ޓްރެއިލާއިން ދައްކުވައިދީފައިވެއެވެ.