ހުޅުމާލެ ޕްރީސްކޫލް ބީލަމަށް ލާން ކުރި އިއުލާން ބާތިލުކޮށްފިއެވެ.

ތިން ފަހަރަށް ހުޅުވާލައިގެން އެންމެ ފަހުން މިދިޔަ ޖޫން މަހު ތިން ފަރާތަކުން އެތަނަށް ބީލަން ހުށަހެޅިއެވެ.

އޭގެ ތެރޭގައި ކެންގަރޫ ކިޑްސް ހިންގާ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ ސްކޫލް ހިންގަމުން އަންނަ ކޮލިޓެޓް އެޑިއުކޭޝަން އާއި މެރިޓައިމް އެކަޑަމީ ނަމަކަށް ކިޔާ ބައެކެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ޕްރީސްކޫލްގެ ބީލަމުގެ އިއުލާން ބާތިލުކުރީ އެ ބީލަމުގެ ޕްރޮސެސްގައި އިސްލާހުކުރަން ޖެހޭ ކަންތައްތައްތަކެއް އުޅޭކަމަށް ފެންނާތީ ކަމަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިއުލާން ބާތިލުކުރީ މިދިޔަ ހަފްތާގައި ކަމަށެވެ.

އަދި އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަަމަށްވެސް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރުވެސް އަމިއްލަ ދެ ޕްރީސްކޫލް ދަނީ ހިންގަމުންނެވެ.