19 Nov 2011, 11:01
ބެޔާން މިއުނިކްގެ ހޮލެންޑް ތަރި އާރިއަން ރޮބެން އަށް މިދިއަ އޮކްޓޯބަރު ލފަލަމަސްގަނޑަށް ލިބުނު އަނިޔާއަކީ އޭނާގެ ކެރިޔަރުގައި ލިބުނު އެންމެ ބޮޑު އަނިޔާކަމަށް ރޮބެން ބުނެފި އެވެ.
އެތައް ފަހަރެއްގެ މަތިން ފަލަ މަސްގަނޑަށް ލިބެމުންދާ އަނިޔާގެ ސަބަބުން މި ސީޒަނުގައި ރޮބެންގެ ކުޅުން ވަނީ ދައްކާލެވޭ ގޮތް ނުވެފަ އެވެ. އޮކްޓޯބަރު މަހު ލިބުނު އަނިޔާގެ ސަބަބުން އިތުރު ވޭންތަކެއް ލިބުނު ކަމަށް ރޮބެން ބުނުފައި ވެއެވެ.
"އަހަރެންނަށް ގިނަ އަނިޔާތަކަކާއި ކުރިމަތިވި. އެކަމު މިކަހަލަ ވޭނެއް ލިބުނު މިއީ ފުރަތަމަ ފަހަރު. މިއީ އަހަރެންގެ ކެރިޔަރުގައި ލިބުނު އެންމެ ބޮޑު އަނިޔާ. މި އަނިޔާގެ ސަބަބުން އަހަރެންނަށް އެތައް ވޭނެއް ކުރިމަތި ކުރުވި. ބޮރުސިއާ ޑޯޓްމުންޑް އާއި ދެކޮޅަށް ކުޅޭ މެޗަށް އެރޭތޯ މިހާރު މި މަސައްކަތް ކުރަނީ." ރޮބެން ބުންޏެވެ.
މިދިއަ އަހަރު އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބެޔާން މިއުނިކް ދަތުރު ކޮށްދިނުމުގައި ރޮބެންގެ ހިއްސާ ބޮޑުކަން ފާހަގަ ކޮށްލެވެއެވެ. އެ އަހަރުގެ ފައިނަލު މެޗުގައި އިންޓަމިލާން އަތުން ބެޔާން ބަލިވީ 2-0 ލަނޑުން ނެވެ.