ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް ތަޖުރިބާ ކުރުމަށް އޮސްޓްރޭލިއާގެ ނޫސްވެރިން ރާއްޖެ ގެނެސްފިއެވެ.

އެމްއެމްޕީއާރުސީ އިން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ގެނައި 15 ވަނަ ގްރޫޕުގައި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ނޫސްވެރިން ހިމެނެއެވެ. މިމަހުގެ 20 އިން 26 ގެ ނިޔަލަށް މި ގްރޫޕު ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރާނެއެވެ.

މިޓީމް ރާއްޖޭގައި ތިބެނީ ސީކްރެޓް ޕެރަޑައިސް، ޔޮޓް މޯލްޑިވްސް އަދި އެމެރެލްޑް މޯލްޑިވްސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.

މި ދަތުރުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްްހައުސް އަދި ސަފާރީތައް މި ޓީމުން ތަޖުރިބާ ކުރާނެއެވެ. އޮސްޓްރޭލިއާގެ ނޫސްވެރިންގެ ޓީމުގައި އެސްކޭޕް، ވެސްޓް އޮސްޓްރޭލިއަން، މޭރީ ކްލޭއާ، ޓްރެވެލާ އަދި ހޫ މެގަޒިންގެ ނޫސްވެރިމް ހިމެނެއެވެ.

މި ދަތުރުގައި ކުރާ ތަޖުރިބާ އެކި ޕްލެޓްފޯމުތަކުގައި ޝާއިއު ކުރާނެއެވެ.

އޮސްޓްރޭލިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އޮގަސްޓުމަހުގެ ނިޔަލަށް އެ ގައުމުން 26496 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ.