24 Oct 2019, 00:32
ކުޅިވަރުގެ މައިދާނުގައި ސިފައިންގެ ތަމްސީލްކުރުމަށް، އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރަ އަކަށް ގައުމީ ފުޓުބޯޅަ ޓީމްގެ ކުރިގެ ކެޕްޓަން އައްސަދު ހަމައްޖަސައިފިއެވެ.
އައްސަދު އެ މަގާމަށް ހަމަޖައްސަވައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި އެމްއެންޑީއެފް ފުޓްސަލް ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
އެމްއެންޑީއެފް އިން ބުނީ، އެބަސަޑަރުގެ ގޮތުގައި އެމްއެންޑީއެފް ކުޅިވަރު އެމްބެސެޑަރުގެ ގޮތުގައި ދިވެހި ކުޅިވަރުގެ މައިދާނުގައި ސިފައިން ޕްރޮމޯޓްކޮށް، ސިފައިންނަށް ރީތި ނަން ހޯދައިދީ ދިވެހި ސިފައިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމުގެ މަސައްކަތް އައްސަދު ކުރައްވާނެ ކަމަށެވެ. އޭނާއަށް އެމްބަސަޑަރުގެ މާގާމު ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހައެވެ.
ރާއްޖެއަށް 2008 ވަނަ އަހަރު ސާފް ޗެޕްމިއަންޝިޕުން އެންމެ ފުރަތަމަ ރަން މެޑަލް ހޯދި އިރު ގައުމީ ޓީމްގެ ކެމްޓަން ކަން ކުރެއްވީ އައްސަދެވެ.